ރާއްޖޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް އަރައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ ޖުމްލަ ދަރަނި 73.9 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގައެވެ.

ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 55 ޕަސެންޓުގައެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގައެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓެވެ.
ރާއްޖޭގެ ދަރަނި މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ މިހާ ބޮޑަށް ދަށްވެފައިވާތީ ދައުލަތުން ލޯނުތައް ނަގަމުން އަންނާތީ ކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *