ސީއެސްސީގެ ރައީސަކަށް ނާސިހު، ނާއިބަކަށް ރަޝީދު

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ހަތަރު މެންބަރުން މަގާމުގެ ހުވާ ކުރައްވަނީ: ފޮޓޯީ / ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސީއެސްސީގެ ރައީސް ކަމަށް ނާސިހު އައްޔަނު ކުރަން 68 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރަން މަޖިލީހުން ފާސްކުރީ އިބްރާހިމް ރަޝީދެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް 68 މެމްބަރުން ވޯޓު ދެއްވިއެވެ.

މި ދެބޭފުޅުންނާއި އެކު ކޮމިޝަނުގައި ދެން ތިއްބަވަނީ މުހައްމަދު ފަރުޝަތު އާއި ފާތިމަތު ޝަރީފުގެ އިތުރުން ފާތިފަތު އާމިރާއެވެ.

ސީއެސްސީގެ ރައީސްއަކަށް މަޖިލީހުން ފާސްކުރި ނާސިހަކީ ހިންގުމުގެ ދާއިރާގެ 28 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލިވަޕޫލް އިން މާސްޓާސް އޮފް އިންޖިނިއަރިން ހާސިލް ކުރައްވާފައިވެއެވެ. ސީއެސްސީއަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

ނައިބު ރައީސްއަކަށް މަޖިލިހުން ފާސްކުރި ރަޝީދަކީ، ހިންގުމުގެ ދާއިރާގެ 10 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އިންޑިއާގެ ޔުނިވާސީޓީ އޮފް މައިސޫރުން ބަޗެލާސް އޮފް އާޓްސް ހާސިލް ކުރައްވާފައިވެއެވެ. އަދި ޗައިނާގެ ސަން ޔަޓް ސަން ޔުނިވާސިޓީން މާސްޓާސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ތައުލީމު ހާސިލް ކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *