މައުސޫމަށް މަޖިލީހުން ރުހުން ދީފި

ޓޫރިޒަމް މިނިސްޓަރު މައުސޫމް: މަގާމަށް ވަޑައިގެންނެވިއިރު ހުންނެވީ ކުންފުންޏެއްގެ އެމްޑީއެއްގެ މަގާމުގައި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމުން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މައުސޫމް އަލުން މަގާމުގެ ހުވާ ކުރައްވާފައިމިވަނީ އޭނާ އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސް ސޯލިހަށް ލަފާ އަރުވަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރުމާ ގުޅިގެންނެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި އޭނާ ހުންނެވުމާ ގުޅިގެންނެވެ. މައުސޫމް އެ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން ވަނީ ވަޒީރުކަމުގެ މަގާމާއި ހަވާލުވުމުގެ ކުރިން އެފަދަ މަގާމުތަކުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށާއި މަގާމާއި ހަވާލުވުމަށްފަހު ދެން އިސްތިއުފާ ދެއްވުމުން މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އަލުން މައުސޫން ހުވާ ކުރެއްވުމާއެކު ކޮމެޓީން ވެސް އެމަނިކުފާނަށް ރުހުން ދޭން ފެންނަ ކަމަށް ނިންމިއެވެ. މައުސޫމަށް ރުހުން ދޭން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ވޯޓުގެ އިއްތިފާގުން މައުސޫމަށް ރުހުން ދިނުމަށް ވަނީ ފާސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *