ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

މިނިވަން ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކައެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ވާހަކަ ދެއްކި މީހާ  ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި، ކޯޓު އަމުރަކަށް ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

"ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގައި އެހުންތެރިޔަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ މައްސަލާގައި ޗެނަލް13 ބަންދު ކުރުމަށާއި އަދި އެ ވާހަކަ އެގޮތަށް ދެއްކި މީހާގެ މައްސަލަ ބެލުމަށް ގޮވާލާފައެވެ.

"ވެރިިކަން ވަރަށް އަވަހަށް ނައްތާލަން ޖެހޭ، މިހާރުން މިހާރުން [ރައީސް] އިބްރާޙިމް މުހައްމަދު ސޯލިހް ގައިގާ އަލިފާން ޖަހަން ޖެހޭ" ޕްރޮގްރާމުގައި ވާހަކަ ދެއްކި މީހާ ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *