ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑެއް ނުކުރަން: އެސްޓީއޯ

ސައިކަލަކަށް ޕެޓްރޯލް އަޅަނީ: ފޮޓޯ / މިހާރު

އެސްޓީއޯ އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލުގެ އަގަށް ބަދަލު ގެނެސްފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެެވެ.

އެ ކުންފުނިން މިގޮތަށް ބުނެފައި ވަނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި އިން ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

ނަމަވެސް އެސްޓީއޯ އިން ބުނީ، އަދިވެސް ޕެޓްރޯލް ޝެޑްތަކުން ޕެޓްރޯލާއި، ޑީސެލް ވިއްކަމުން އަންނަނީ މިދިޔަ މާޗު މަހު އެކުންފުނިން ކުޑަ ކުރި އަގުގައި ކަމަށެވެ.

މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ، 8.07 ރުފިޔާއަށެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ، 9.60 ރުފިޔާއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *