ބީބީސީގެ އާ ވެރިޔާ މުވައްޒަފުންނަށް: ސޯޝަލް މީޑިއާގައި ސިޔާސީ ޕޯސްޓުތައް ނުކުރާތި!

ބީބީސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ހަމަޖެއްސި ޓިމް: ފޮޓޯ / ރޮއިޓާސް

ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީގެ މުވައްޒަފުން ސިޔާސީ އެއްވެސް ޕޯސްޓެއް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށާއި ޕޯސްޓު ނުކުރުމަށް އެ ޗެނަލްގެ ޑިރެކްޓަރު ޖެނެރަލް ޓިމް ވިދާޅުވެއްޖެއެވެ.

އޭނާ ބުނީ މުވައްޒަފުން އެފަދަ ކަންކަން ކުރުމުން [މުވައްޒަފުން ސިޔާސީ ކަންކަމުގައި ދެކޭ ގޮތް] ހާމަ ކުރުމުން، އެ ޗެނަލްގެ ހަމަހަމަކަން ހަލާލުވެގެންދާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ޓީވީ ބްރޯޑްކާސްޓާ ނުވަތަ ޕްރެޒެންޓަރުން އެމީހުންގެ އަމިއްލަ ހިޔާލުތައް ޕޯސްޓު ކުރުމުން އެމީހެއްގެ ޝޯއެއް ބަލަން ތިބޭ އާއްމުންނަށް އެ ޕްރެޒެންޓަރު ވަކި ގޮތަކަށް ވިސްނުން ގެންގުޅޭ ކަމަށް ގަބޫލުކުރާ ކަމަށް ޓިމް ވިދާޅުވިއެވެ.

"އެމީހެއްގެ އަމިއްލަ ހިޔާލު ނޫނީ އެމީހަކީ ކޮލަމިސްޓަކަށް ވާން ބޭނުން ނަމަ އެއީ އެމީހެއްގެ އަމިއްލަ ނިންމުމެއް، އެކަމަކު އެފަދަ ކަމެއް ކުރާ މީހަކު ބީބީސީގައި މަސައްކަތް ކޮށްގެން ނުވާނެ،" މުވައްޒަފުންނާއި މުހާތަބުކޮށް ޓިމް ވިދާޅުވިއެވެ.

ބީބީސީއަކީ މީގެފަހުން ޔޫކޭގެ ހުރިހާ ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ބަސްތަކާއި ހިޔާލުތައް ގެނެސްދޭނެ ކަމުގެ ޔަގީންކަން އާއްމުންނަށް ޓިމް ވަނީ ޔަގީންކަން ދެއްވާފައެވެ.

"ބީބީސީ އަކީ ވަކި ބައެއްގެ އެއްޗެއް ގޮތަށް އިހުސާސް ވިޔަކަ ނުދޭނަން. މިއީ ހުރިހާ އުމުރެއްގެ މީހުންގެ ހިޔާލުތައް ގެނެސްދޭނެ ޗެނެލަކަށް ވާނަން. ސިޔާސީ ގޮތުންވެސް ހުރިހާ އުމުރު ފުރައަކާ ގުޅޭ އެއްޗެހި ގެނެދޭނަން. މިއީ އެންމެންގެވެސް ބީބީސީކަން އިހުސާސް ކޮށްދޭނަން،" ޓިމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.