އެސްޓީއޯއިން ކަރުދާހަށް ކުރާ ހަރަދު ދެ ގުނަ ކުޑަކޮށްފި

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އިން ކަރުދާހަށް ކުރާ ހަރަދު ދެ ގުނަ ކުޑަކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ކަރުދާހަށް ކުރާ ހަރަދު ކުޑަ ކުރުމަށްފަހު، ޑިޖިޓައިޒް ޕްރޮސެސް އަށް ބަދަލު ކުރުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ވެސް ތިމާވެއްޓާ ރަށްޓެހި ގޮތަށް، ކަރުދާހުން ކުރާ ބޭނުން ޑިޖިޓައިޒް ޕްރޮސެސްގެ ތެރެއިން ކަންކަން ކުރުމަށް ރާވަމުން އަންނަ ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރު އެސްޓީއޯ އިން ކަރުދާހަށް ހަރަދުކޮށްފައި ވަނީ ހަ މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ފަސް މިލިއަން ހަރަދު ކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް ތިން މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެސްޓީއޯ މީގެ ކުރިން ވަނީ އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ވިއްކުން 2019 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ވަނީ ހުއްޓާލާފައެވެ.

އެ ކުންފުނީގެ ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުން އެތައްހާސް ކަރުދާހެއް ސަލާމަތް ކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. މުސްތަގުބަލަށް ބަލާއިރު ކަރުދާސް ފައިލްކޮށް ބޮކްސް ފައިލްތަކަށްލައި ހަރުގަނޑުތަކުގައި ގުދަން ކުރުމުން ގެއްލިގެންދާ ޖާގަ ސަލާމަތް ކުރުމަކީ އެކުންފުނީގެ ކުރިޔަށް އޮތް މިސްރާބެވެ.

Leave a Reply

Your email address will not be published.