ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

ބޯކޮސް ވާރޭ ވެހެނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވައިޓް އެލާޓު ނެރެފައި ވަނީ މިރޭގެ 21:15 އިން ފެށިގެން މިރޭ ދަންވަރު 2:00 އަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *