ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

މެދުފުށި ރިސޯޓު -- ގެއްލުނު މީހާއާއެކު ސްނޯކްލިން އަށް ދިޔަ މީހުން ސްނޯކްލިން އަށް ދިޔައީ މެދުފުށި ކައިރި އަށް ކަމަށް އެމްއެންޑީއެފް އިން ބުނޭ ---

ސްނޯކްލިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެމީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓު ގާޑުން ފަށައިފިއެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިރޭ 19:55 އެހާކަށްހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ ތިން މީހުންނާއެކު ސްނޯކްލިން އަށް މ. މެދުފުށި ކައިރި ފަޅު ތެރެއަށް ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކައިރީގައި އޮތް ފަރެއް މަތީގައި ސަލާމަތުން ހުއްޓާ ފެނިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާ އެމްއެންޑީއެފްގެ ލޯންޗަށް އަރުވައިގެން މުލީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފް އިން އެމީހާ ހޯދަމުން ދަނިކޮށް އެމީހާ ފެނުނީ މިރޭގެ 20:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *