ޖަޕާނުގެ ވެރިކަންކުރާ ޕާޓީއަށް ލީޑަރަކު ހޮވުމަށް ބާއްވާ އިންތިހާބު މިމަހު 14ގައި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަދި ބޮޑުވަޒީރު ކަމަށްގިނަ ބަޔަކު ތާއިދު ކުރާ ކުރީގެ ޑިފެންސް މިނިސްޓަރު ޝިގެރޫ --

ސިއްހީ މައްސަލަތަކަކާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ދެއްވި ޝިންޒޯ އަބޭ މަގާމުން އިސްތިއުފާ ދެއްވުމުން ވެރިކަން ކުރާ ޕާޓީގެ ލީޑަރަކަށް ބޭފުޅަކު އިންތިހާބު ކުރުން މިމަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޖަޕާނުގެ ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރަކަށް ދެން އިންތިހާބުވާ ބޭފުޅަކު އަބޭގެ ދައުރު ނިމެންދެން ބޮޑުވަޒީރު ކަމުގައި ހުންނަވާނެއެވެ. ބޮޑުވަޒީރުގެ މަގާމަށް އާންމުންގެ ތާއީދު އެންމެ ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޮތީ ކުރީގެ ދިފާއީ ވަޒީރު ޝިގެރު އިޝީބާއަށެވެ. ނަމަވެސް އޭނާއަކީ ބޮޑުވަޒީރު ކަމުގައި އަބޭ ހުންނެވިއިރު އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅާއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ހިޔާރު ކުރީ މިހާރުގެ ޑިފެންސް މިނިސްޓަރު ޓަރޯ ކޯނޯއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާއްމުންގެ ތާއީދު އެފަދައިން އޮތް ނަމަވެސް އެލްޑީޕީގެ ހިޔާލުތައް އެކަމުގައި ތަފާތު ކަމަށެވެ.

ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށް ވިދާޅުވެ ޖަޕާނުގެ ބޮޑުވަޒީރު ކަމުން ޝިންޒޯ އަބޭ އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published.