އިސްރާއީލާ ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

އިސްރާއީލް އިން ގައްޒާ އަށް ބޮން އެޅުމުން ސަރަހައްދަކުން ދުން އަރަނީ --

ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށް ހަމާސްއާ އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

މިފަދައިން އެއްބަސްވުމަކަށް އާދެވިފައި ވަނީ ގަތަރު މެދުވެރިއަކަށް ވެގެންނެވެ. މި އެއްބަސްވުމުގެ ދަށުން ގައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ވައިގެ ހަމަލާތައް ދިނުން ހުއްޓާލަން ޖެހެއެވެ. އަދި ހަމާސް އިން ވެސް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށްވެއެވެ.

އެކަމާ ގުޅިގެން ހަމާސްއިން ބުނެފައި ވަނީ ހަމަލާތައް ދިނުން ހުއްޓާލުމުން ގައްޒާގެ ތަރައްގީއަށް ކުރެވެމުން ގެންދާ މަޝްރޫއުތައް ހިންގުމަށް މަގުފަހިވާނެ ކަމަށެވެ. ހަމައެއާއެކު ނުރައްކާތެރި ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ ދަތިތަތަކުން އަރައިގަތުމަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ގައްޒާއަށް އިސްރާއީލް އިން ގެންދަނީ ހަމަލާތައް ދެމުންނެވެ.

Leave a Reply

Your email address will not be published.