އިއްޔެ 110 މީހަކު ބަލިން ރަނގަޅުވި

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެ 110 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިހާތަނަށް މުޅި ޖުމްލަ 5،265 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. ނަމަވެސް އިއްޔެ ބަލިން ރަނގަޅުވި އަދަދަށް ބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ 199 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8،003އަށް އަރާފައިވާއިރު ކޮވިޑް ނަންބަރުތައް މަތިވަމުން ދިއުމަކީ މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.

މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދު 2،703 އަށް އަރާފައިވާއިރު މިބަލީގައި 29 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *