ދާންދޫއިން ޕޮޒިޓިވްވި ދެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފި

ގއ. ވިލިނގިލި ---

ގއ. ދާންދޫގައި ހޯމް ކަރަންޓީނުގައި ތިބި މީހުން އެ އަތޮޅު ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

ދާންދޫ އިން ޕޮޒިޓިވްވި މީހާ ވިލިނގިއްޔަށް ގެންގޮސްފައިވާއިރު ގދ. ތިނަދޫ އިން ޕޮޒިޓިވްވި މީހާ ވިލިނގިއްޔަށް ނޭރުވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެކަމާއި ގުޅިގެން ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދާންދޫ އިން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ އެރަށު ހޯމް ކަރަންޓީނުގައި ތިބި ދެމީހުންނެވެ.

ގއ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ފުއާދު "ހަތާވީސް  އޮންލައިން" އަށް ވިދާޅުވީ ޕޮޒިޓިވްވި ދެ މީހުން، ވިލިނގިލީ ފެސިލިޓީއަށް ގެންދިޔައީ ވަރަށް “އޮމާން” ކަމާ އެކުގައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *