ކަރަންޓީނުން ފިލި 11 ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

ކަރަންޓީނުން ފިލި ބިދޭސީން --

އެކި ކަރަންޓީނު ފެސިލިޓީތަކުން ފިލި 11 މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މި މީހުންނަކީ ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާތީއާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުން ކަމަށެވެ.

ކަރަންޓީނުން ފިލި ބިދޭސީންގެ މައުލޫމާތު:

- ރޮޕަކް ކުރި، ލަކްސްމިފޫރު (BM0938722)

- ބައުޗް، ކޮމިއްލަ (BR0872347)

- އެމްޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރު (BH0071524)

- އެމްޑީ މިލޮން ޝެކް، ޖެނައިޑާހް (BX0843257)

- ސުމޮން އަހްމަދު (BX0876943)

- ރަބް، ކޮމިއްލަ (BE0857437)

- މުހައްމަދު ރުބެލް މިއަހް، ކޮމިއްލަ (BE0329984)

- މަަޒުނު ޕްރަމަނިކް، ރަޖްބަރީ (BJ0081953)

- އެމްޑީ ޝާހާ އަލީ، ރަޖްބަރީ (BM0067339)

- ހޯކޮން މާލިކު، ޗަންދުޕޫރު (BX0536661)

- ޝަހާދަތު ހޮސެއިން، ޗަންދުޕޫރު (BE0524543)

ފުލުހުން ވަނީ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5،000އަށްވުރެ ގިނަ ބިދޭސީން ވަނީ އެނބުރި ގައުމަށް ފޮނުވާލާފައެވެ. މީގެއިތުރުން މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި 7،000އަށްވުރެ ގިނަ މީހުންގެ ތެރެއިން 2،000ވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *