ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު ޝަރީއަތް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ހައިކޯޓުން ބުނީ މާދަމާ މެންދުރު 13:00ގައި އެ ޝަރީއަތް ތާވަލުކޮށްފައިވާ ކަމަށެވެ. ހައިކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ 8ވަނަ ދުވަހުއެވެ.

އެ އަޑުއެހުން ބޭއްވީ ކޮވިޑް19 އާއި ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެން އެމަނިކުފާނުގެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށެވެ. މީގެކުރިން މި މަހުގެ ހަތަރުވަނަ ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރިއެވެ. އެހެންނަމަވެސް އެ ދުވަހު ރައީސް ޔާމީންގެ އެދިލެއްވުމަކަށް މައްސަލަ ވަނީ ކެންސަލްކޮށްފައެވެ. އެގޮތަށް އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ނުކުރެއްވޭތީއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ތަކުރާރުކޮށް ގުޅުއްވާފައި ވާނީ ގއ. މޮޑެމުލާގެ އިކުއިޒިޝަން ކޮސްޓުގެ ފައިސާ ހޯދާކަން ނޫން ކަމަށާއި އެމަނިކުފާނަށް ގުޅާފައި ވާނީ ކެމްޕެއިން އަށް ލިބުނު ފަސް މިލިއަން ޑޮލަރު ހޯދަން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *