ޖޫރިމަނާ ފައިސާ ހޯދަން ޑީއާރުޕީ ގޮވައިގެން އިލެކްޝަން އިން ކޯޓަށް

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: ފޮޓޯ / މަޖިލިސް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ލިބެން ޖެހޭ ޖޫރިމަނާ ފައިސާ ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ދައުވާކޮށްފިއެވެ.

އެ މައްސަލަ ޑީއާރްޕީއާ ދެކޮޅަށް ހުށަހަޅާފައި ވަނި މިދިޔަ ހަފްތާގެ ތެރޭގައެވެ. އެޕާޓީއާ ދެކޮޅަށް އީސީން ދައުވާ ކޮށްފައިވަނީ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

މީގެކުރިންވެސް އެތައް ފަހަރެއްގެ މަތިން ޑީއާރްޕީ އަށް އިލެކްޝަންސް އިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެކަންކަން އިސްލާހު ނުކޮށްފި ނަމައެ ޕާޓީއާ މެދު އިތުރަށް އަޅަން އޮތް އެންމެ ފަހު ފިޔަވަޅާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޑީއާރުޕީއާ ބައްދަލުކުރުމަށް އިލެކްޝަނުން މީގެކުރިން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *