ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް 1،000 ރުފިޔާއިން ޝުޖާއު ޖޫރިމަނާކޮށްފި

ޕީއެންސީގެ ނާއިބު ރައީސް ޝުޖާއު: ފޮޓޯ / ޕީޕީއެމް

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު، 1،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ޝުޖާއު ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި މާސްކު ނާޅައިގެން ވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި މިހާލަތުގައި ތިބެންޖެހޭނީ ޖޫރިމަނާވެގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުވެސް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނެރުއްވި ފޮތް ބައްލަވައިގެންނެވި ފަރާތްތަކަށް އެ ފޮތުގައި ސޮއި ކުރުމަށް ބޭއްވި އިވެންޓުތަކުގައި އެމަނިކުފާނު މާސްކު އަޅުއްވާފައި ނުވާކަން ފާހަގަކޮށްފައެވެ.

ޝުޖާއުގެ އިތުރުން މިއަދު ހަވީރު ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވާފައެވެ. އެމަނިކުފާނު ވެސް ވަނީ ރައީސް ނަޝީދު ފޮތުގައި ސޮއި ކުރުމަށް ބޭއްވި އިވެންޓުތަކުގައި މާސްކު އަޅުއްވާފައި ނުވާކަން ފާހަގަކުރައްވާފައެވެ.

މި ދެބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ ޗިޓު ހަވާލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *