ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އިމާދު އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު: ފޮޓޯ / އަވަސް

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި އަހުމަދު އިމާދުގެ ނަން އިގްތިސޯދީ ކޮމެޓީން ފާސްކޮށްފިއެވެ.

އިމާދަކީ މާސްޓާސް އޮފް ސައިންސް އިން އިކޮނަމިކްސް އެންޑް ފައިނޭންސް އިން ބެޗްލާ އޮފް ބިޒްނަސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން މިހާރުވެސް އޭނާ އަންނަނީ ސީއެމްޑީއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

އިމާދު ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރައްވަމުންނެވެ. މީގެކުރިން އިމާދު ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގައި ވެސް މަސައްކަތްކުރައްވާފައެވެ.

މި މަގާމަށް އިމާދު އައްޔަން ކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރައްވާފައިވަނީ އެމްއެމްއޭ އަށް 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހުއެވެ.

ޒާހިރާ އިސްތިއުފާ ދެއްވުމާއި އެކުގައި އެ މަގާމު މިހާރު ވަނީ ހުސްވެފައެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން އައްޔަން ކުރައްވާ މަގާމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *