އަދުރޭވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ފުލުހުންގެ ޗިޓުގައި އަދުރޭ ސޮއި ކުރައްވަނީ: ފޮޓޯ / ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިހާރު ވަގުތީ ގޮތުން ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ފުލުހުން އޭނާ އަށް ޗިޓު ހަވާލުކޮށްފިއެވެ.

އަދުރޭ އަށް ފުލުހުން ޗިޓު ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ އޮފީހުގައި އޭނާ ހުންނެވި ވަގުތެއްގައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ އަދުރޭ ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށް ކަމަށެވެ.

އަދުރޭ ވެސް ފުލުހަށް ހާޒިރުކުރަނީ މިދިޔަ ހުކުރު ދުވަހު އިދިކޮކޮޅުން މާލޭގައި ބޭއްވި އެއްވުމާ ގުޅިގެންނެވެ. އަދުރޭގެ އިތުރުން ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއުގެ އިތުރުން ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ވަނީ އަންގާފައެވެ.

އެ ދެ ބޭފުޅުން ވެސް [ޝުޖާއު އަދި ރައީސް ވަހީދު] ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ ހުކުރު ދުވަހުގެ އެއްވުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *