އިމާރާތަކުން ބައެއް ވެއްޓި، މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ

ހަދަމުންދިޔަ އިމާރާތަކުން ބައެއް ވެއްޓި، ޒަހަމްވި މީހާގެ ގައިގައި ފޭބި ލޭ ބިންމައްޗަށް އެޅިފައި

އިމާރާތަކުން ބައެއް ވެއްޓި، މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު މައްޗަންގޮޅީ ދެވިނަ ގޯޅިތެރޭގައެވެ. އެ ގޯޅި ތެރޭގައި މަރާމާތު ކުރަމުންދިޔަ އިމާރާތަކުން ބައެއް ވެއްޓި، މީހެއްގެ ބޮލުގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެފައިވެއެވެ. ޒަހަމްވި މީހާގެ ބޮލުން ފޭބި ލޭ އެ ސަރަހައްދު މަގުމައްޗަށް އެޅިފައިވެއެވެ.

ޒަހަމްވި މީހާއަށް އެ ސަރަހައްދުގައި ތިބި މީހުންގެ އެހީތެރިކަމާއެކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހަދަމުންދިޔަ އިމާރާތް އަދި ޒަހަމްވި މީހާއަށް އެހީތެރިކަން ފޯރުކޮށްދެނީ-- ފޮޓޯ/ ފޭސްބުކް

އައިޖީއެމްއެޗްގެ ބަހެއް ނުލިބޭތީ، ޒަހަމްވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *