ތިނަދޫ އިން ޕޮޒިޓިވްވި މީހާ އިދިކޮޅު މުޒާހަރާގައި ބައިވެރިވި ވާހަކަ ދޮގުކޮށްފި

ތިނަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ---

ގދ. ތިނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހާ އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުޒާހަރާގެ ތެރެއިން ތިނަދޫ މުޒާހަރާގައި ބައިވެރިވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ތިނަދޫ އިން ޕޮޒިޓިވްވި މީހާ އިއްޔެގެ މުޒާހަރާގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އިއްޔެ ތިނަދޫގައި ބޭއްވި މުޒާހަރާ ކުރިޔަށް ގެންގޮސްފައި ވަނީ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ތިނަދޫ އިން މި ބައްޔަށް ޕޮޒިޓިވްވި މީހާގެ ދަރިފުޅު އޭނާގެ ފޭސްބުކްގައި ބުނެފައި ވަނީ ތިނަދޫ ކައުންސިލުން ބައެއް ނޫސްތަކަށް މައުލޫމާތު ދީފައި ވަނީ ޕޮޒިޓިވްވި މީހާގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށްކަން ފާހަގަކުރާ ކަމަށެވެ. އާއިލާގެ ފަރާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ތިނަދޫ އިން ޕޮޒިޓިވް ވެފައި ވަނީ އެ ރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *