ރަސްމީކޮށް ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފި

ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ރާއްޖެ ކަނޑައަޅައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅާއިފި ކަމަށެވެ. އަދި މިކަމުގެ އުފާވެރި ޚަބަރު ސެެކެޓްރީ ޖެނެރަލް ދެންމެ ރައީސްއަށް ދެއްވާއިފައިވާ ަކމަށް އެޓޫވީޓުގައި ބުނެފައި ވެއެވެ. ރައީސް ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެވެ. އެއީ 2018 ވަނަ އަހަރުގެ އޯކްޓޯބަރު މަހުގެ 13 ވަަނަ ދުވަހެވެ. ރައީސް ޔާމީންގެ ސަރުކާރުން ކޮމަން ވެލްތުން ވަކިވާން ނިންމީ، ރާއްޖެއިން ކުރަމުން ދިޔަ ބައެއް ކަންކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކުރަން އެ ޖަމާއަތުން މަސައްކަތް ކުރުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *