ހެންވޭރު ބޮޑު އަލިފާން: ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންނަށް އިތުރު ތިން މަސް ދުވަސް ދީފި

ހެންވޭރު ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ފޮޓޯ / ދަޕްރެސް

މިދިޔަ އަހަރު މާލޭގެ ހެންވޭރުގައި ހުރި ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އަމިއްލަ ގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ސަރުކާރުން ބޯހިޔާވަހިކަން ދިން އާއިލާތަކަށް އިތުރު ތިންމަސް ދުވަސް ދިނުމަށް ނިންމައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީ އިން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

އެކަމަކު މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު ސަރުކާރުން އިތުރު ތިން މަސްދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ހާދިސާއާ ގުޅިގެން އަމިއްލަ ގެދޮރު ގެއްލުނު ޖުމްލަ ހަތް ގޭބިސީއެއްގެ 29 މީހަކަށް ގާކޮށިން ބޯހިޔާވަހިކަން ދިނެވެ. މި ހާދިސާ އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި އަންހެނަކު ވަނީ ފިހިގެން މަރުވެސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *