އެސްޑީއެފްސީގެ ލޯނުތައް މިއަހަރުގެ ނިޔަލަށް ދައްކަންޖެހޭ ގޮތަށް ލުއިދީފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް /ފޮޓޯ: ރައީސް އޮފީސް

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ދައްކަންޖެހޭ ގޮތަށް ލުއި ދީފިއެވެ.

އެސްޑީއެފްސީން އެގޮތަށް ނިންމާފައި ވަނީ ކޮވިޑް19އާ ގުޅިގެން ލޯނުތައް ދައްކަން ދިން މޮރިޓޯރިއަމްގެ މުއްދަތު އަންނަ މަހަށްހަމަވާތީއެވެ.

ކޮވިޑް-19އާ ގުޅިގެން، ވަޒީފާތައް ގެއްލި، ވިޔަފާރިތަކަށް ދަތިވެ، އިގްތިސާދަށް ލޮޅުން އެރުމުން ބޭންކުތަކުން ވަނީ އެ ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑް19ގެ ހާލަތު އިތުރަށް ގޮސްވަމުންދާތީ، މި އަހަރުގެ ނިޔަލަށް އެ ލޯނުތައް ފަސްކޮށްދޭން އެސްޑީއެފްސީ އިން ނިންމީ ކަމަށް އެ ބޭންކުން ބުނެއެވެ.

އެސްއެމްއީ ބޭންކުގެ ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެހެން ބޭންކުތަކުން ވެސް އެ ނިންމުން ނަމޫނާއެއްގެ ގޮތުގައި ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *