ޗައިނާ ރައްޔިތުންނަށް ސިންގަޕޫރަށް ވަނުންވެސް މަނާވެއްޖެ

ޗައިނާ ރައްޔިތުން ސިންގަޕޫރަށް ވަނުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ޗައިނާގެ ވޫހާން ސިޓީގައި އުފަންވެ، މުޅި ދުނިޔެއަށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއިން ދިފާއުވުމަށް ސިންގަޕޫރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމާފައި ވަނީ، ޗައިނާގެެ ރައްޔިތުކަން އޮތް އެއްވެސް މީހަކަށް އެ ގައުމަށް އެތެރެ ވުމުގެ ހުއްދަ ނުދޭންށެވެ. އަދި ސިންގަޕޫރުގައި ޓްރާންސިޓް ކުރުމުގެ ހުއްދަ ވެސް ޗައިނާ މީހުންނަކަށް ނުލިބޭނެ އެވެ.

ޗައިނާ ރައްޔިތުކަން އޮންނަ މީހުންގެ ތެރެއިން، ސިންގަޕޫރަށް އެތެރެވުމުގެ ހުއްދަ ދޭނީ، މިފަހުން އެއްވެސް އިރެއްގައި އެ މީހަކު ޗައިނާއަށް އެތެރެވެފައި ނުވާކަން ސާބިތުކޮށްދިނުމުން ކަމަށް ވެސް ސިންގަޕޫރުން ބުންޏެވެ. އަދި އެފަދަ ފަރާތްތަކުން ވެސް ކުރިއާލާ ވިސާއަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ. އަދި މިފަހުން ޗައިނާއަށް ދިޔަ މީހުން ވެސް، ސިންގަޕޫރަށް އެތެރެވާން އެ ގައުމުން ހުއްދަ ނުދޭން ވެސް ނިންމާފައިވެ އެވެ.

މީގެ އިތުރުން، ޗައިނާއަށް ދަތުރުކޮށްފައި އަންނަ ސިންގަޕޫރު ރައްޔިތުން ވެސް 14 ދުވަސް ވަންދެން ގޭގައި މަޑުކުރަން ޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *