އައްޑޫ އިން އަނެއްކާވެސް ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީ އިން އަނެއްކާވެސް ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވެއްޖެއެވެ. މިފަހަރު ޕޮޒިޓިވްވެފައި ވަނީ ތިން މީހެކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން 27 އަހަރުގެ ދެ މީހުންނަކީ އައްޑޫ ސިޓި ފޭދޫ އަށް ނިސްބަތްވާ ދެ މީހުންނެވެ. ބަންގްލަދޭޝް މީހާއަކީ ސ. މަރަދޫގައި ހުރި މީހެއް ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

މި ތިން މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ. އެޗްއީއޯސީ އިން ބުނީ އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *