ހައްގު ނޫން ބަޔަކަށް ކުރީ ސަރުކާރުން ފްލެޓު ދިން ގޮތް ހާމަކޮށްދީފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓުތައް، ހައްގު ނޫން ބަޔަކަށް ދިން ހާމަކޮށް ދީފިއެވެ. މިކަން ހާމަކުރީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓު ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދުއެވެ.

އެގޮތުން ދަރިން ނެތް މީހުންނަށް ދަރިން ތިބި ކަމަށް ބުނެ ކުރީ ސަރުކާރުން ފްލެޓު ދީފައިވާއިރު މާލޭގައި ބިން އޮވެ، އަގުބޮޑު ފްލެޓުތަކުގެ މިލްކުވެރިންނަށް ވެސް ކުރީ ސަރުކާރުން ފްލެޓު ދޫކޮށްފައިވާއިރު މާލެ ދަފްތަރުގައި ޖެހުނު ދުވަހު ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ނިންމާފައިވާ ކަމަށް ފްލެޓު ކޮމެޓީން މިއަދު ވަނީ ބުނެފައެވެ.

ތޯހާ ވިދާޅުވީ ހައުސިންގ މިނިސްޓްރީއިން ހިޔާ މަޝްރޫޢުގެ ފޯމުތައް ދިރާސާކުރިއިރު، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދެނީ މިނިސްޓަރުގެ ބިއުރޯ ތެރެއިން ކަމަށާއި، އެގޮތުން ހިޔާ ފޯމުތަކުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާ ހިސާބަށް އަންނަނީ ފޯމު ނަންބަރުތަކެއް ޖަހާފައިވާ ލިސްޓެއް ކަމަށާއި، މި ފޯމުތައް ވަކިން ނަގައިގެން ބިއުރޯއަށް ގެންދަންޖެހޭކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފޯމު ހުށައެޅި ދުވަހާ ހަމައިން އެންސްޕާގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށްވެސް ނުކުޅެދުންތެރިކަން ހުންނަ ބަޔަށް ޕޮއިންޓް ދީފައިވާ ކަމަށާއި، ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށްވެސް ދަފްތަރު ކެޓެގަރީއިން ފުލެޓު އެވޯޑްކޮށްފައިވާ ކަމަށް ތޯހާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *