އައްޑޫއަށް ފަސް އަސް އެބަ ގެނޭ، މިއީ ޝައުގުވެރި ޕްރޮޖެކްޓެއް: ނަޝީދު

ބީޗެއްގައި ބަޔަކު އަސް ދުއްވަނީ: އައްޑޫއަށް އަސްތަކެއް ގެނައުމުގެ މަސައްކަތް ކުރަނީ ޒުވާނުންތަކެއް.

އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމުގެ މަސައްކަތް ޒުވާނުންތަކެއް ކުރަމުންދާ ކަމަށާއި އެއީ އަޖުމަބެލުން ރަނގަޅު ޕްރޮޖެކްޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫއަށް އަސްތަކެއް ގެނައުމުގެ "ހުރިހާ ސެޓްފިކެޓެއް" މިހާރު ހަދާފައިވާ ކަމަށެވެ. އުންމީދު ކުރައްވަނީ އަހުމުގެ ހިދުމަތް އައްޑޫ ރައްޔިތުންނާއި ފަތުރުވެރިންނަށް ލިބިގެންދިއުން ކަމަށާއި އެކަމަކީ ރެކްރިއޭޝަނަށާއި ކުޅިވަރަށް ވެސް ރަނގަޅު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އައްޑު އަތޮޅަށް ޒުވާނަކު ގައުމަށް މަސައްކަތް ކުރާ ފަސް އަސް. އަސް އާދެ! މިއަހާ ގުޅޭ ހުރިހާ ސެޓްފިކެޓެއް، މިހާރު ވަނީ އެގްރިކަލްޗަރ މިނިސްޓްރީން ހައްދަވައި ނިންމަވާފައި. އަދި އިރާދަކުރެއްވިއްޔާ މި އަހުގެ ހިދުމަތް އައްޑޫއިން ހުރިހާ ރައްޔިތުންނަށް ވެސް އަދި ފަތުރުވެރިންނަށް ވެސް އަޅުގަނޑު ދެކެން،" މަޖިލީހުގެ ޖަލްސާގެ ހެނދުނު ދަންފަޅި ނިންމަވާލައްވަމުން ނަޝީދު ވިދާޅުވިއެވެ.

"މި މަސައްކަތުގައި އުޅުއްވާ އައްޑޫ ސިޓީގެ ދެތިން ކުދިން އަޅުގަނޑާ ވަރަށް ތަފްސީލުކޮށް މުޅި ޕްރޮޖެކްޓް އޮތް ގޮތް ކިޔައިދެއްވި. އަޅުގަނޑަށް ފެނުނީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއްގެ ގޮތުގައި. އަޖުމަބެލުން ރަނގަޅު ކަމެއްގެ ގޮތުގައި،"

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު 8ގެ ފަހުން ދުއްވާ އެއްޗެހި ނުދުއްވޭ ގޮތަށް ސަރުކާރުން ނިންމާފައިވާތީ، އެކަމަށް މަޖާޒީ ގޮތެއްގައި ނަޝީދު ވަނީ މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައެވެ.

"މިއީ އެއްވެސް ހާލަތެއްގައި މިއީ އިންޖީނުލީ ތަކެތި ދުއްވުމާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާ ވާހަކައެއް ނޫން،"

Leave a Reply

Your email address will not be published. Required fields are marked *