މި ދަނޑިވަޅު އިހުތިޖާޖުތައް ނުބޭއްވުމަށް ފުލުހުން އެދިއްޖެ

ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕް އިސްވެ އޮވެ، މިނިވަންދުވަހު ކުރި އިހްތިޖާޖުގެ ތެރެއިން-- ފޮޓޯ/ ވަން

ރާއްޖޭގައި ހަލުވިކަމާއި އެކުގައި އަދިވެސް ކޮވިޑް19 ފެތުރެމުން އަންނާތީ އިހުތިޖާޖުތައް ނުބޭއްވުމަށް ފުލުހުން އެދިއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، މި ދަނޑިވަޅަކީ އިހުތިޖާޖުތައް ކުރުން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އިހުތިޖާޖުތައް ކުރުމަށް ރާވަމުން އަންނަ ކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް މި ދަނޑިވަޅު އެކަން ނުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް -- ފޮޓޯ/ އެންއޯއީސީ

މިފަދަ ދަނޑިވަޅެއްގައި މުޒާހަރާތައް ކުރުމުން ފުލުހުންނަށްވެސް އެކަމުން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މުޒާހަރާ އަށް ނިކުންނަ ފުލުހުން ކަރަންޓީން ކުރުމާއި އައިސޮލޭޓް ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މުޒާހަރާތަށް ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވާއިރު އިއްޔެ ދަރުބާރުގެ ކައިރީގައި ވެސް ވަނީ ބަޔަކު އިހުތިޖާޖުކޮށްފައެވެ. މީގެއިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މުޒާހަރާ ކުރުމަށް ނިންމާ އެކަން އިއްޔެ އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *