ބަލި ކޮންޓްރޯލް ނުވެއްޖެ ނަމަ ލޮކްޑައުން އަކަށް ދާން ޖެހިދާނެ: ޑރ. އަލީ ލަތީފް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 މިހާރު ފެންނަމުންދާ މިންވަރަށް ބަލާ ބަލި ކޮންޓްރޯލް ނުކުރެވިއްޖެ ކަމަށްވާ ނަމަ އަލުން ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި މިބަލި ޖެހިގެން އެޑްމިޓު ކުރަންޖެހޭ މީހުންވެސް އިތުރުވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ހެލްތު ސެންޓަރުތަކުގައި ތިބި ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިގޮތަށް މިކަން ކުރިޔަށްދާ ކަމަށްވާ ނަމަ މެނޭޖު ކުރުމަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

"މިހާ ހިސާބަށް އައިއިރު، ޓްރަޔޭޖް ކުރަން ނުޖެހޭ. އަޅުގަނޑުމެން ވެންޓިލޭޓަރަށްލާނީ ނޫނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ސެލެކްޓް ކުރަން ޖެހިދާނެ." ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 6،779 އަށް އަރާފައެވެ. މި ބައްޔަށް މިހާތަނަށް 2،531 މީހަކަށް ފަރުވާ ދެމުން އަންނައިރު މީގެތެރެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 4،222 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލީގައި މިހާތަނަށް 26 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *