މިއަދުން ފެށިގެން ސްކޫލުތައް ހުޅުވެންދެން ބްރިޖު މަތީގައި މުދާ އުފުލޭނެ

މީހަކު ބަސްތާއެއް ބޮލަށް އަރުވައިގެން ދަނީ: ފޮޓޯ / އަވަސް

މިއަދުން ފެށިގެން ސްކޫލުތައް ހުޅުވެންދެން ބްރިޖު މަތީގައި އުޅަނދުތަކަށް މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ސްކޫލުތަށް ހުޅުވަންދެން ބުރިޖުމަތީން ފަތިހު 05:00 ން ރޭގަނޑު 08:00 އާދެމެދު މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުގައި، މުދާ އުފުލުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކުރިޔަށް އޮތް ދެ ހަފްތާ އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ މި މަހުގެ 19ވަނަ ދުވަހުއެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފްތާ ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުން ދެ ހަފްތާ ފަހުން މުރާޖާ ކުރާނެ ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *