ކޮމިޝަންތަކުގެ މެންބަރުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ކޮމެޓީން ބިލަށް ބަދަލު ގެނެސްފި

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް މަގާމުގައި ހުރެގެން ވިޔަފާރި ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އަށް މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުން މަޖިލީހުގެ ކޮމެޓީން ބަދަލުކޮށްފިއެވެ.

އެ ކޮމެޓީން އެގޮތަށް ބަދަލުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި، އޮޑިޓަ ޖެނެރަލްގެ ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ.

އިއްޔެގެ ބައްދަލުވުމުގައި އެ ކޮމެޓީން ވަނީ ތިން ބިލެއް ފާސްކޮށްފައެވެ. އެއީ އޭސީސީއާ ސީއެސްސީގެ އިތުރުން އިލެކްޝަންސް ކޮމިޝަނެވެ.

ސަރުކާރުން މި ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އެއްވެސް މެންބަރެއްގެ މަސްލަހަތު އޮންނަ ކަންކަމުން ނުވަތަ މައްސަލަތަކުން އެ މެންބަރެއް ދުރުވާން ޖެހެއެވެ. އިތުރު އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް މެމްބަރަކު ކުރައްވައިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ކޮމެޓީން ވަނީ ކޮމިޝަންތަކުގެ މެންބަރުންނަށް މަގާމުގައި ތިއްބަވައިގެން ވެސް ވިޔަފާރު ކުރެވިދާނެ ކަމަށް ބުނެ އެ މާއްދާ އިސްލާހު ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.