ފަތުރުވެރިން ގިނަކުރަން، ކޭސްތައް މަދުކުރަން މަސައްކަތްކުރަމާ: މިނިސްޓަރު މައުސޫމް

ޓޫރިޒަމް މިނިސްޓަރު މައުސޫމް ހަފްލާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުކުރުމަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ކުރުމަށް މަސައްކަތް ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިގޯޅި ކަމާއިއެކުގައި އުޅޭ ނަމަ ކޮވިޑް ފެތުރުން އިތުރުވާ ކަމަށާއި ނަމަވެސް ގައިދުރު ކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކާއި އެކުގައި ކޮވިޑް ފެތުރޭ މިންވަރު ދަށްވުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

އެހެންކަމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަތިކޮށް ގެސްޓުހައުސްތައް ހުޅުވުމުގެ ފުރުސަތު ތަނަވަސް ކުރުމަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް މުޅިންހެން ވެސް ބަރޯސާވެފައި އޮތް ގައުމެކެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ކޮށްފައިވާ ބޮޑު އަސަރުގެ ލޮޅުން އެންމެ ބޮޑަށް ކުރީ ރާއްޖޭގެ އިގްތިސޯދަށެވެ.

ރާއްއްޖޭގެ ބޯޑަރު ތިން މަސް ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އެއްމަސް ވެގެން ދިޔައިރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 5،177 ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *