އިއްޔެ 101 މީހަކު ވަނީ ބަލިން ރަނގަޅުވެފައި

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އިއްޔެ 101 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 4،113 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އޭގެކުރީ ދުވަހު އެޗްޕީއޭ އިން ބުނީ ބަލިން ރަނގަޅުވެފައި ވަނީ 4،012 މީހަކު ކަމަށެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް 6،660 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2521 މީހުންނަށެވެ. އެގޮތުން 169 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި މިހާތަނަށް 26 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ. އެޗްޕީއޭ އިން އަންނަނީ މިބަލި ރާއްޖެއިން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީގައި ރޭގަނޑު 8 އިން ފަތިހު 5އަށް އެއްގަމު އުޅަނދު ދުއްވުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ވެސް ފަށާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *