މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ދަރުމަވެރިޔާ ހިޝާން ފުލުހަށް

ހިޝާން ---

ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ފުލުހަށް ހާޒިރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް މިއަދުގެ ވަގުތެއްގައި ހިޝާން ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހިޝާންއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލެއް އިޒްމިއާ ދެއްވާފައެއް ނުވެއެވެ.

ހިޝާން ފުލުހަށް ހާޒިރުކޮށްފައިވާއިރު ހިޝާން އަށް ބިރު ދައްކާ މަރުގެ އިންޒާރު ދިން މައްސަލައިގެ ތަހުގީގަށް އޭނާފެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެ މައްސަލައަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

ހިޝާން ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ 18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްދާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނިކެމަތިންނަށް އެހީވެ އެކުދިންގެ ހައްޤުތަކަށް އެންމެ ބޮޑަށް އަޑު އުފުލާ ފަރާތަކީ ހިޝާން އެވެ. އެގޮތުން ހިޝާން އަށް ވަނީ އިޖުތީމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *