ކާފިއުއާ ހިލާފުވެގެން 387 މީހަކު ޖޫރިމަނާކޮށްފި

ކާފިއުގެ ވަގުތުގައި ފުލުހުން ހުޅުމާލޭގައި: ފޮޓޯ / ހަތާވީސް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި އޮންނަ ވަގުތުގައި ބޭރުގައި އުޅުނު 387 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 15 އިން އިއްޔެގެ ނިޔަލަށް ކާފިއު ވަގުތުގައި ބޭރުގައި އުޅުނު 899 ފަރާތަކަށް ނަސޭހަތްދީ 387 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކާފިއު ވަގުތުގައި ބޭރުގައި އުޅޭ ނަމަ ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި އޮންނަނީ ރޭގަނޑު 10 އިން ފަތިހު 5 ޖެހުމާއި ހަމައަށެވެ. ކާފިއު ހިންގުމުގެ އިތުރުން މާލެ ސަރަހައްދުގައި ބޭރުގައި އުޅޭއިރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ. މާސްކު ނާޅައި އުޅޭނަމަ 1،000 ރުފިޔާ އިން ފުލުހުން ޖޫރިމަނާކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *