ކޮވިޑުގެ ވަބާ ދެ އަހަރަށް ދެމިގެން ހިނގައިދާނެ: ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް

ދުނިޔޭގެ އިގްތިސާދީ ހަރަކާތްތަކާއި އާންމު ދިރިއުޅުން "ހުއްޓުމަކަށް" ގެނައި، ކޮވިޑް19ގެ ވަބާ ދެ އަހަރަށް ދެމިގެން ހިނގައިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ މީގެ 100 އަހަރު ކުރިން، 1918 ވަނަ އަހަރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރިގެން ދިޔަ ސްޕެނިޝް ފްލޫއިން އަރައިގަތުމަށް ދެ އަހަރު ނެގި ކަމަށެވެ.

ނަމަވެސް އެ ޒަމާނާއި މިހާރުގެ ހާލަތު ތަފާތުކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ދުނިޔެ ހޯދާފައިވާ ކުރިއެރުންތަކާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ސްޕެނިޝް ފްލޫއަކީ ކޮވިޑް19އަށް ވުރެ ނުރައްކާތެރި ރޯގާއެކެވެ. އެ ބަލީގައި ދުނިޔެއިން 50 މިލިއަނަށް ވުރެ ގިނަ މީހުން މަރުވިއެވެ. ކޮވިޑް19ގައި މިހާތަނަށް 800،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 22.7 މިލިއަން މީހުންނަށް ވަނީ އެ ބަލި ޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *