ޖާބިރު އިސްވެ ހުންނަވާ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު އިސްވެ ހުންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް 10 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ޖާބިރު ދަނީ ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ އަންނަ ހޯމަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ. އަދި އެ މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ އަބްދުﷲ ޝާހިދަށް މަޖިލިސް ތެރެއިން ކާމިޔާބު ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ޒިންމާ ޝާހިދު ނަގަން ޖެހޭނެ ކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *