ވައްކަމުގެ ތުހުމަތާ ގުޅިގެން ނަޝީދު ސަރުކާރު ދިފާއު ކުރައްވައިފި

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ވައްކަމުން ކުރަމުން ގެންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް ރައްދު ދެއްވައި، ރައީސް މުހައްމަދު ނަޝީދު ސަރުކާރު ދިފާއު ކުރައްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަންކަން އިސްލާހު ކުރަން ސަރުކާރުން މަޖިލީހަށް ޖާގަ ދެމުންދާ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.

""އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނާއިރު، ދިވެހި ރައްޔިތުންނަށް ސާފުވާނެ މި ސަރުކާރު އެ ގެންދަވަނީ އެމްޑީޕީ މެޖޯރިޓީ މަޖިލިސްއަށް ޖާގަދެއްވައި، ކަންކަން ފާހަގަކޮށް، އިސްލާހު ކުރައްވަމުންކަން،" ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ "ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލިސްއަށް ވެއްދީ އެމްއެންޑީއެފް،" ކަމަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *