ކޮވިޑު ޖެހިގެން ރިޓަޔާޑް އޮފިސަރެއް އަވަހާރަވެއްޖެ

ލެފްޓިނެޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ

ކޮވިޑް-19 ޖެހިގެން، ހާލުބޮޑުވި އުމުރުން 82 އަހަރުގެ ކުރީގެ ސިފައިންގެ އޮފިސަރެއް އަވަހާރަވެއްޖެއެވެ.

އަވަހާރަވީ ހ. ހޭންބޭންގެ, ލެފްޓިނެޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ އުމަރެވެ. އޭނާ އަވަހާރަވީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް، ރޭ މެންދަމުގެ ވަގުތެއްގައެވެ. ފަތިހު ވަނީ އޭނާގެ ޖަނާޒާ ބާއްވާފައެވެ.

ޣަނީ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1960 ވަނައަހަރު އޯގަސްޓްް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ ވަނީ ސިފައިންގެ ހިދުމަތުގައި 48 އަހަރާ 11 މަހާ 4 ދުވަހު ހިދުމަތް ކުރައްވާފައެވެ.

އޭނާގެ އަސްކަރީ ޚިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ ކަނޑުމަތީގައެވެ. މިހާރުގެ ގޮތަށް ސިފައިންގެ ތެރޭގައި ކޯސްޓްގާޑުގެ ޚިދުމަތް ނުފެށޭ އިރުވެސް ޣަނީބެ ކަނޑުމަތީގެ ޚިދުމަތުގައި އުޅުއްވިއެވެ. ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށާއި މަސްކަނޑުތައް ހިމާޔަތް ކުރުމަށް މަސްބޯޓުފަހަރުގައި ކުރެވުނު ބައެއް ޕެޓްރޯލް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *