އިންޓަވިއު ކުރުމަށްފަހު ސީއެސްސީއަށް އައްޔަން ކުރަން 15 ނަމެއް ތަޅުމަށް ފޮނުވައިފި

މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުން މަޖިލީހުގެ ކޮމެޓީ: ފޮޓޮ / މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން އެ މަގާމަށް ކުރިމަތިލާފައިވާ ބޭފުޅުންނާއި އިންޓަވިއު ކުރުމަށްފަހު އެބޭފުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ސީއެސްސީގެ ހަތަރުު މެމްބަރުންގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނާއި، މެމްބަރު އިބްރާހިމް ޝަހީގު ކޮމިޝަނުން މިދިޔަ މަހުގެ 13ގައި ވަކި ކުރުމާ ގުޅިގެންނެވެ.

ސީއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މުއްދަތު ހަމަވިއިރު އެ މަގާމަށް 41 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. ކޮމެޓީން ވަނީ މި ހުރިހާ ބޭފުޅުންނާއި ވެސް އިންޓަވިއު ކުރައްވާ 15 ނަމެއް ތަޅުމަށް ފޮނުވާފައެވެ.

މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރި 15 ނަން:

- މަރިޔަމް މުނާ، މ. ބާރަނާގެ، ކ.މާލެ
- މުޙައްމަދު ޝަރީފް، ފުސްތުޅާގެ، ގދ.ތިނަދޫ
- އިބްރާހިމް ރަޝީދު، ބްލެކް، ރ.މީދޫ
- މުނާ މުޙާއްމަދު، ހ.ނޫރާނީފެހި
- އަޖްވަދު ޢަލީ، ގ. ބްލޫ ވޭލް
- މުޙައްމަދު ފަރުޞަތު، ހ.ޓޫހާޓް
- ޢާއިޝަތު ޝާހީން، މއ. ވިލާރޮދި
- މުޙައްމަދު ނަޞީރު، މ.ފުންފިނި
- ފާތުމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ
- އަޙްމަދު މޫސާ، ހ. އަމްސާވިލާ
- ރިފާހަތު ރިއްފަތު، ގ. ވެގާ2
- އަހުމަދު ނާޞިހް، ގ. ފަލްކަންގެ
- ރަޝީދާ ޢަލީ، ގ. ޖަނަވަރީމާގެ
- ޝުހުދާ ރިޟްވާން، ފްލާވަރމީޑް، ސ.މީދޫ
- މަރިޔަމް ޝެނީން، މއ. ފޮސީތިއާ

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްވި 15 ބޭފުޅުންނަކީ ވެސް މިކަމަށް ވަރަށް ގާބިލު ބޭފުޅުން ކަމަށެވެ. އެގޮތުން މީގެއިން ކޮންމެ ބޭފުޅަކު ސީއެސްސީ އަށް ހޮވުނަސް ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ސިވިލް ސީވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އަދި މަޖިލީހުގައި ނަގާ ވޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބޭ ބޭފުޅެއްގެ ނަން ފާސްކޮށް އެ ބޭފުޅަކު ސީއެސްސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށް އެ ގާނޫނުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *