މަހަށް ދިޔަ ބިދޭސީއަކު ފިޓު ޖެހިގެން މަރުވެއްޖެ

މަސްވެރިންތަކެއް، މަސްދޯންޏެއްގައި ---

ގއ. ވިލިނގިލީ "މަސް ހަޒާނާ 2" ނަމަކަށް ކިޔާ ދޯންޏަކުން މަހަށް ގޮސް އުޅުނު ބިދޭސީއަކު ފިޓު ޖެހިގެން މަރުވެއްޖެއެވެ.

"ހަތާވީސް އޮންލައިން" އަށް މައުލޫމާތު ދެމުން ގއ. ވިލިނގިލީ ހޮސްޕިޓަލުން މިއަދު ބުނީ އެ ހާދިސާ ހިނގައިގެން މިއަދު މެންދުރު 14:00ގައި އެ ހޮސްޕިޓަލަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެނެވުނީ މިއަދު ހަވީރު 16:00ގައި ކަމަށާއި ހޮސްޕިޓަލަށް ގެނެވުނު އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ހޮސްޕިޓަލުން ބުނީ ފިޓު ޖެހިގެން މަރުވީ އެ ދޯނިން މަހަށްދާ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *