ބީލަންތަކުގެ އިވޭލުއޭޝަން ހުލާސާ އާއްމުކުރަން ފަށައިފި

ފިނޭންސް މިނިސްޓްރީ ---

ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ ރިޕޯޓެއް ފިނޭންސް މިނިސްޓްރީން އާންމުކުރަން ފަށައިފިއެވެ.

އިވެލުއޭޝަން މަރުހަލާ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާ އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިވަގުތު ވެބްސައިޓުގައި ޝާއިއު ކޮށްފައި ވަނީ ހަމަ އެކަނި މި އަހަރު ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވެސް ޝާއިއު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން އެޅުނު މުހިއްމު ހަރުފަތެއް ކަމުގައި ވާނެ ކަަމށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިއީ ފިނޭންސް މިނިސްޓްރީން ބީލަންތަކުގެ މައުލޫމާތު މިގޮތަށް އާއްމު ކުރާ ފުރަތަމަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *