ކޯލިޝަން ޕާޓީ ޖޭޕީން ވަކިވެ ނާޒިމާ އިދިކޮޅާ ގުޅިއްޖެ

ނާޒިމާ އޭނާގެ ފޯމު އަދުރޭއާ ހަވާލުކުރަނީ --

ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ.

ނާޒިމާ ވަނީ މީގެކުރިން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާފައެވެ. ނާޒިމާ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް ޖޭޕީގެ ފަރާތުން ކުރިމަތިލެއްވި ނާޒިމާ ޖޭޕީއާ ގުޅުނީ މިދިޔަ އަހަރު ޖެނުއަރީ މަހުއެވެ.

އެމްޑީޕީގެ އެކްޓިވިސްޓު ޓަކަނޭ އިދިކޮޅާ ގުޅެނީ --

ނާޒިމާގެ އިތުރުން އެހެން ބައެއް މެންބަރުންވެސް ޕީޕީއެމްއާ ވަނީ ސޮއިކޮށްފައެވެ. އެގޮތުން، މީގެކުރިން ޑީއާރްޕީގައި މަސައްކަތް ކުރި ނާޒިމްއާ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް ވަނީ ޕީޕީއެމްއާ ގުޅިފައެވެ.

މި ރަސްމިއްޔާތު އޮތީ ރޭ ޕީޕީއެމް އޮފީހުގައެވެ. ސޮއިކުރި މެންބަރުންގެ ފޯމުތަކާ ހަވާލުވެލެއްވީ މިހާރު އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

Leave a Reply

Your email address will not be published. Required fields are marked *