މިއަދުވެސް 146 މީހަކު ޕޮޒިޓިވްވެއްޖެ، 117 މީހުންނަކީ ދިވެހިން

ރެންޑަމް ސާމްޕަލް މާލޭގައި ނަގާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް: ފޮޓޯ / ހަތާވީސް

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 146 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި ބަންގްލަދޭޝް 21 މީހަކާއި އިންޑިއާ 2 މީހުންގެ އިތުރުން ލަންކާ ފަސް މީހަކާއި ފިލިޕީންސް ރައްޔިތެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 6,225 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 144 މީހުން ޕޮޒިޓިވްވެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. ބާކީ ތިބި ދެމީހުން ޕޮޒިޓިވްވީ ދެ ރަށަކުންނެވެ.

މިބައްޔަށް މިހާތަނަށް 2،413 މީހަކު ފަރުވާ ހޯދަމުން އަންނައިރު 3،788 މީހަކު މި ބަލިން ވަނީ ރަނގަޅުވެފައެވެ. އެގޮތުން މިއަދު ވެސް 140 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިބަލީގައި މިހާތަނަށް 24 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *