މާލެ ސިޓީގެ ސްކޫލުތަކުގައި ކުރިޔަށް އޮތް ދެ ހަފްތާ އޮންލައިންކޮށް ކިޔަވައިދެނީ

ހުރަވީ ސްކޫލު ކުދިންތަކެއް --

މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކުރިޔަށް އޮތް ދެ ހަފްތާ އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފްތާ ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"މި ނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަން." އެޑިއުކޭޝަން އިން ބުންޏެވެ.

https://twitter.com/MoEdumv/status/1296051310265905152?s=20

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ސްކޫލުތައް މިދިޔަ މާޗު މަހުގެ 12ވަނަ ދުވަހު ވަނީ ބަންދުކޮށްފައެވެ. އޭގެފަހުން ދަރިވަރުންގެ ފިލާވަޅުތައް ނަގައިދެމުން ދިޔައީ ޓެލެކިލާސް މެދުވެރިކޮށެވެ. އޭގެފަހުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޓެލެކިލާސްތައް ވެސް މެދުކަނޑާލިއެވެ. ނަމަވެސް ފަހުން ޓެލެކިލާސްތައް އަލުން ފެށިއެެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ހުޅުވީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް މާލެ ސަރަހައްދުގައި ސްކޫލުތައް ހުޅުވިއިރު ފުރަތަމަ ހުޅުވާލީ ގްރޭޑު 9އިން މަތިންނެވެ.

ގްރޭޑު 7 އަދި 8 ގެ ކިޔެވުން މި މަހުގެ 16ގައި ފެށުމަށް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ. ދާދިފަހުން ނިއު ނޯމަލްގައި ކިޔަވައިދޭ ވަގުތުތައް ވެސް ވަނީ މަދުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *