ސުޕްރީމް ކޯޓަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން މަޖިލީހަށް

ގާޒީ އަލީ ރަޝީދު: ފޮޓޯ / ސަން

ސުޕްރީމް ކޯޓަށް އައްޔަންކޮށްދިނުމަށް އެދި ދެ ބޭފުޅެއްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ އަލީ ރަޝީދު ހުސައިންއާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަންފުޅެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖޭއެސްސީގެ ލަފަޔާއެކުއެވެ.

ސުޕްރީމް ކޯޓުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ހަތް ފަނޑިޔާރުންނަށް ބެންޗު ވަނީ ބަދަލުކޮށްފައެވެ. މިހާރު އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ މަގާމަށް މީގެކުރިން ރައީސް ސޯލިހު އައްޔަން ކުރެއްވުމަށް މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ.

ގާޒީ އަލީ ރަޝީދު ވަނީ ޖިނާއީ ކޯޓުގައި ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަން އަދާ ކުރައްވާފައެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *