އެމްޑީޕީ ޕްރައިމަރީ: ތިން ސިޓީގެ މޭޔަރުންނަށްވެސް ބޮޑު ނާކާމިޔާބީއެއް!

ކ-ވ: މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު ސިފާ އައްޑޫ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގު އަދި ފުވައްމުލަކު ސިޓގެ މިހާރުގެ މޭޔަރު ފަލާހު --

ކުރިޔަށް އޮތް ލޯކަް ކައުންސިލް އިންތިހާބގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި މިހާރުގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައިފިއެވެ.

މި އިންތިހާބުގައި މާލެސިޓީއާ އައްޑޫ އަދި ފުވައްމުލަކު ސިޓީގެ މިހާރުގެ މޭޔަރުން ވަނީ ވާދަކުރައްވާފައެވެ. އެހެންނަމަވެސް ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މި ތިން މޭޔަރުންވެސް ވަނީ އިންތިހާބުން ބަލިވެފައެވެ. މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު ސިފާ މުހައްމަދާއި ވާދަކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން އިންތިހާބު ކާޟިޔާބު ކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ. އައްޑޫ ސިޓީގެ ކައުންސިލު ކާމިޔާބު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި ފަލާހާއި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވީ އިސްމާއީލް ރަފީގެވެ.

ޕްރައިމަރީން ބަލިވިކަން ޤަބޫލުކުރައްވާ އައްޑޫ ސިޓީގެ މޭޔަރު ކުރެއްވި ޓްވީޓްގައި ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޢަލީ ނިޒާރަށް މަރުހަބާ ދަންނަވާ، ސާދިގަށް ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ސާދިގަށް ވޯޓު ދެއްވި ބޭފުޅުން ހިތްވަރު ކުރެއްވުމަށްވެސް ސާދިގު އެދިވަޑައިގެންފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު 14:30ގައި ފެށިގެން ކުރިޔަށް ދިޔައިރު ބައެއް ސަރަހައްދުތަކުގެ ވޯޓު ފޮށި ކައިރީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. އެގޮތުން ހަމަނުޖެހުން އެންމެ ބޮޑަށް ހިނގީ ގއ. އަތޮޅުގެ ފޮށިތަކުގެއެވެ. އެހެންކަމުން އެމްޑީޕީން ވަނީ އެ އަތޮޅުގެ ޕްރައިމަރީ ބާތިލްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *