ކޮވިޑް ޖެހިގެން 41 އަހަރުގެ އަންހެނަކު މަރުވެއްޖެ

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 ޖެހިގެން 41 އަހަރުފެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އެމީހާ މަރުވީ މިއަދު 9:34 އެހާއިރު ކަމަށެވެ. އޭނާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު 5909އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2389 އެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު 139 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 3349 އެވެ.

Leave a Reply

Your email address will not be published. Required fields are marked *