އަމިއްލަފުޅަށް މަސައްކަތުން އަމީން އެކަހެރިވެވަޑައިގެންފި

ހެލްތް މިނިސްޓަރު އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ފުލުހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައި ވަނިކޮށް އަމިއްލަފުޅަށް މަސައްކަތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެކަހެރިވެވަޑައިގެންފިއެވެ.

މިނިސްޓަރ އަމީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް19 އާ ގުޅިގެން ހެލްތް މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕެއެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާއި ބެހޭ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރާ ވާހަކަ ދަންނަވާ ކަމަށެވެ.

އަމީން މަސައްކަތުން އެކަހެރިވެވަޑައިގެންނެވިއިރު ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ފުލުހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައެވެ. ރައީސް އަންގަވާފައި ވަނީ މި ދެ އިދާރާގެ ޖޮއިންޓު ތަހުގީގެއް ހިންގެވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *